ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ، އެ މަގާމުގައި މިހާރު ހުންނެވި އައިޝަތު ހަސަންގެ ފަސް އަހަރުގެ މުއްދަތު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ އޮގަސްޓް 20، 2021 ގަ އެވެ.

ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން --

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ، އެ މަގާމުގައި މިހާރު ހުންނެވި އައިޝަތު ހަސަންގެ ފަސް އަހަރުގެ މުއްދަތު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ  އޮގަސްޓް 20، 2021 ގަ އެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުބާލާފައިވާ ކަމަށެވެ.

އެކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުންނެވެ. 

ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ޗީފް ސްޓެޓިސްޓީޝަނެއް ކަނޑައަޅުއްވަން ޖެހޭނީ، މަގާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. މި މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިދިޔަ މަހު ވެސް އިއުލާނެއް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.