އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރައީސް އޮފީހުން ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، 35 އަހަރުވެފައި ވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ފުރަތަމަ ޑިގްރީއެއް ހާސިލުލުކޮށްފައިވުމާއެކު މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން ހިމެނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލާފައިވާއިރު، އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އާހިދު ރަޝީދެވެ.