މަޖިލިސް މެމްބަރުންގެ ސުވާލުތައް ގިނަވެ، އެޖެންޑާކުރުން ލަސްވުމުގެ ޒިންމާ ނަގާކަށް ނުޖެހޭ: މުއްތަލިބު

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތިޔަ ބޭފުޅުން ހުށަހަޅުއްވާ ސުވާލުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން، މަޖިލީހުގެ އެޖެންޑާގައި ކިޔޫ ތަރުތީބުން ސުވާލުތައް ހިމެނުން ލަސްވުމަކީ އަޅުގަނޑު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް ނޫން."

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ސުވާލުތައް ގިނަވުމުގެ ސަބަބުން، އެ ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އޭނާ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން ލަސްވާ ސަބަބާ ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވައިފަ އެވެ. 

މެންބަރު ފާހަގަކުރެއްވި ގޮތުގައި އެ ސުވާލު މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު އެވެ. 

އެކަމާ ގުޅިގެން މުއްތަލިބު ވިދާޅުވީ އެއީ އޭނާ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތިޔަ ބޭފުޅުން ހުށަހަޅުއްވާ ސުވާލުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން، މަޖިލީހުގެ އެޖެންޑާގައި ކިޔޫ ތަރުތީބުން ސުވާލުތައް ހިމެނުން ލަސްވުމަކީ އަޅުގަނޑު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ސަރުކާރުގެ ވަޒީރުންނާ ކުރައްވާ ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް އަމާޒުވެފައިވަނީ ހައުސިން މިނިސްޓަރު މުއްތަލިބަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.