އެ ޕޯސްޓުގައި ބުނާ ގޮތުން "ދަތިވެއްޖެ" ގެ ނަމުގައި ބާއްވާ އެ މުޒާހަރާ އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހު ހަވީރު 4:00 ގައި މާލޭ ސޯޝަލް ސެންޓަރު ކައިރީ އެވެ.

ބާޒާރުގައި މުދަލުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށް ބުނެ އެމްޑީޕީން މުޒާހަރާ އަށް ނުކުންނަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މުޒާހަރާގެ ބެނާއެއް އެކްސްގައި ޕޯސްޓު ކޮށްފަ އެވެ.
އެ ޕޯސްޓުގައި ބުނާ ގޮތުން "ދަތިވެއްޖެ" ގެ ނަމުގައި ބާއްވާ އެ މުޒާހަރާ އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހު ހަވީރު 4:00 ގައި މާލޭ ސޯޝަލް ސެންޓަރު ކައިރީ އެވެ.
އޭގެ އިތުރުން ބާޒާރުގައި އަގު އުފުލިފައިވާ ބައެއް މުދަލާއި އެތަކެތީގެ އަގުތައް ވަސް ނަޝީދު ވަނީ އެކްސްގައި ޕޯސްޓު ކޮށްފަ އެވެ. އެގޮތުން؛
އެމްޑީޕީން އެންމެ ފަހުން މިފަދަ މުޒާހަރާއެއް ބޭއްވީ "ވަޒީފާ ބުރާސްފަތި" ގެ ނަމުގަ އެވެ. އެއީ ސަރުކާރުގެ ވަޒީފާގައި ތިއްބެވި ބައެއް މުވައްޒަފުން ވަކި ކުރާ ކަމަށް ތުހުމަތު ކޮށް ބޭއްވި މުޒާހަރާ އެކެވެ.