މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު މިފްކޯއަށް ކިރާފައިވަނީ ޖުމްލަ 568.0 ޓަނުގެ މަހެވެ. ނަމަވެސް، ޖުލައި މަހު މި އަދަދު ވަނީ 2,474.8 ޓަނަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 4.3 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

މި އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މަހަށް ނުކުތް އޮޑިފަަހަރު އިތުރުވެ. މަސްވެރިން ދޫކުރި ފައިސާގެ މިންވަރު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާއަށް އިތުރުވެ، 4 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖޫން މަހު އެ ކުންފުންޏަށް 568.0 ޓަނުގެ މަސް ކިރުވި ނަމަވެސް، ޖުލައި މަހު މި އަދަދު ވަނީ 2,474.8 ޓަނަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 4.3 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މަސްކިރުވި މިންވަރު އިތުރުވުމާ ގުޅިގެން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖޫން މަހު މަސްވެރިންނަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޖުލައި މަހު މިފްކޯއިން ވަނީ 49,7 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 38 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ. އަދި ޖޫން މަހަށްވުރެ ޖުލައި މަހު މަހަށް ފުރި އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ޖޫން މަހު ޖުމްލަ 517 ދޯންޏަކުން މިފްކޯއަށް މަސްކިރާފައިވާއިރު، ޖުލައި މަހު މި އަދަދު ވަނީ 822 އަށް އިތުރުވެފަ އެވެ.

ކަޅުބިލަ މަސް ކިރުވި އަދަދު އިތުރުވިނަމަވެސް 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި މިންވަރު ވަނީ ދަށްވެފަ އެވެ. ޖޫން މަހު ކިރާފައިވަނީ 16.6 ޓަނުގެ ކަންނެއްޔަށް 331,440.00 ރުފިޔާ ދޫކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 11.7 ޓަނަށް ދަށްވެ، ދޫކި ފައިސާގެ މިންވަރުވެސް 234,100.00 ރުފިޔާ މަދުވެފަ އެވެ.
އެހެންވެ، މިއީ ޖޫން މަހަށްވުރެ ޖުލައި މަހު މި ގިންތީގެ ކަންނެލި ކިރުވި އަދަދު ވަނީ 4.9 ޓަނު ދަށްވެފަ އެވެ. އަދި ދެން ހުރި ސައިޒުތަކުގެ ކަންނެލި ޖޫން މަހު ކިރާފައިވަނީ 67.0 ޓަނެވެ. އަދި ދޫކޮށްފައިވަނީ ފައިސާގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އެވެ.
ޖުލައި މަހު ކިރާފައިވަނީ 62.7 ޓަނެވެ. އަދި ދޫކުރި ފައިސާގެ އަދަދު ހުރީ 1.6 މިލިއަން ރުފިޔާގަ އެވެ. ޖޫން މަހަށްވުރެ ޖުލައި މަހު މި ގިންތީގެ ކަންނެލި ކިރުވި އަދަދު ވެސް ވަނީ 4.3 ޓަނު ދަށްވެފަ އެވެ.
ދެ ގިންތި އެއްކޮށްލުމުން، ޖޫން މަހު ޖުމްލަ 83.6 ޓަނުގެ ކަންނެލި ކިރާފައިވާއިރު، ޖުލައި މަހު ކިރާފައިވަނީ ޖުމްލަ 74.4 ޓަނުގެ ކަންނެއްޔެވެ. ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މިފްކޯއަށް ކަންނެލި ކިރުވި ޖުމްލަ އަދަދު ވަނީ 9.2 ޓަނު ދަށްވެފަ އެވެ. މިއާއެކު ކަންނެލި ކިރުވި ދޯނިފަހަރުގެ އަދަދުވެސް ވަނީ މަދުވެފައެވެ. ކަންނެލީގެ ދެ ގިންތި އެއްކޮށްލުމުން، ޖޫން މަހު ޖުމްލަ 321 ފަހަރު ދޯނިފަހަރުން ކިރާފައިވާއިރު، ޖުލައި މަހު ކިރާފައިވަނީ ޖުމްލަ 283 ދޯންޏަކުންނެވެ.