އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ސެޕްޓެމްބަރު 19 ވާ ހޮނިހިރު ދުވަހު ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް ޖުމްލަ 63 މެންބަރުންގެ ތެރެއިން ނަޝީދުގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ވޯޓު ދެއްވީ 53 މެންބަރުންނެވެ.
އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރެވެ. އޭގެ ފަހުން އެ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމި ނަމަވެސް އެކި ތާރީހުތަކަށް ވަނީ ފަސްކޮށްފަ އެވެ.
އަންނަ މަހު ބާއްވާ ކޮންގްރެސްގައި މުހިންމު ކަންތައްތަކެއް ނިންމާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހާއި ޕާޓީގެ އަސާސީ ގަވާއިދާއި އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ނިންމުންތަކެއް ނިންމާނެ ކަމަށް ލަފާ ކުރެވެ އެވެ.