"ޕީއެންސީ ލީޑަރުން އިންތިހާބުކުރާ ވޯޓު ސިއްރެއް ނުވާނެ"

"...އެހެންކަމުން ޕާޓީގެ ނައިބު ރައީސުންނާއި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނެގުމަކީ އަސާސީ ގަވާއިދާ ހިލާފަށް ހިނގާ ކަމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން، ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ނައިބު ރައީސުން އިންތިހާބު ކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސަރުކާރު ހިންގާ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭ ގޮތް އެ ޕާޓީގެ އަސާސީ ގަވާއިދުގެ ޗެޕްޓަރު ހަތެއްގައި ތަފްސީލުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން މަތީ މަޖިލީހުގެ ކަންކަން ފާސް ކުރުމަށް ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. އޭގެ އިތުރުން މަތީ މަޖިލީހުގައި މެންބަރުން އިންތިހާބު ކުރުމަށް ނަގާނީ ހާމަ ވޯޓެއް ކަމަށް އަސާސީ ގަވާއިދާ ހަވާލާދީ ޕީއެންސީން ބުންޏެވެ.

"...އެހެންކަމުން ޕާޓީގެ ނައިބު ރައީސުންނާއި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓެއް ނެގުމަކީ އަސާސީ ގަވާއިދާ ހިލާފަށް ހިނގާ ކަމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންސީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު ތެރޭގަ އެވެ.

ކޮންގްރެސްގައި ޕާޓީގެ އާ ނައިބު ރައީސުން އިންތިހާބު ކުރާ އިރު މިހާތަނަށް އެ ޕާޓީގެ ސީނިއާ ގިނަ މެންބަރުންތަކެއް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. 

ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުން

  • 1.އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • 2.ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
  • 3.ޔޫތު މިނިސްޓަރު އަބްދުﷲ ރިފާއު
  • 4.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
  • 5.މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • 6.ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
  • 7.ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ރައީސަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތެކެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވާނީ ޕާޓީގެ ރައީސް އައްޔަން ކުރައްވާ ފަރާތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.