ތަރިކަ މުދާ ބެހުމުގެ މައްސަލައެއްގައި ގެމަނަފުށީ ކޯޓުންކޮށްފައިވާ އިއުލާނެއްގައި ގދ. ދިޔަދޫ ތަނޑިރަތްމާގެ، ހަސަން މުހައްމަދު ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއް ވާނަމަ އެކަން އެނގުމަށެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި މީހުން ބަދަލުކޮށް ފަޅުކުރި ގދ. ދިޔަދޫއަށް ނިސްބަތްވާ މީހަކު ދުނިޔޭގަ ހުރިތޯ ބަލަން ގެނަމަފުށީ ކޯޓުން އިއުލާނުކޮށްފި އެވެ.
ތަރިކަ މުދާ ބެހުމުގެ މައްސަލައެއްގައި ގެމަނަފުށީ ކޯޓުންކޮށްފައިވާ އިއުލާނެއްގައި ގދ. ދިޔަދޫ ތަނޑިރަތްމާގެ، ހަސަން މުހައްމަދު ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއް ވާނަމަ އެކަން 10 ދުވަހުގެ ތެރޭގައި އެ ކޯޓަށް އަންގައި ދިނުމަށް އެދިފައިވެ އެވެ.
ނަމަވެސް، ހަސަން މުހައްމަދު ވަނީ 53 އަހަރު ކުރިން ގެއްލިފަ އެވެ. ހަސަން މުހައްމަދު އަކީ 1973ގއ. ދިޔަދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް، ހުވަދޫ ކަނޑަށް އޮޑި ބަންދުން ޖަހާލައިގެން ގެއްލުނު މީހަކެވެ.
ރަށް ގިރައި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން ދިޔަދޫއިން މީހުން ބަދަލުކޮށްފައިވަނީ 2000 ގެ އަހަރުތަކުގަ އެވެ. އަދި މި ރަށު މީހުން މިހާރު ދިރިއުޅެނީ ގެމަނަފުއްޓާއި ކޮނޑޭ އަދި ދާންދޫގަ އެވެ. ދިޔަދޫ އަކީ 18 ވަނަ ގަރުނުގައި އާބާދީ ބޮޑުރަށެކެވެ. އެ ރަށު ރައްޔިތުން މައިގަނޑު ގޮތެއްގައި އޭރުގެ ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ.