މުސާރަ ދޭން ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު % 9.5 އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާ އިތުރުވުމެކެވެ.

މިދިޔަ މަހުގެ 23 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ހަރަދު ކުރީ އަހަރަށްވުރެ 4.2 ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ރިޕޯޓް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %19.7 ނުވަތަ 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އިތުރުވި ސަބަބު - މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި ސިއްހީ ހދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.
ރިކަރަންޓް ހޭދައިގެ ތެރެއިން މުސާރަ އާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު % 9.5 އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެކެވެ.
ބަޖެޓުގެ ހަރަދުގެ ތެރެއިން އާސަންދަ އަށް ކުރި ޚަރަދު 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.1 ބިލިއަން ރުފިޔާއަށްވުރެ % 14.8 ނުވަތަ 161.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަބްސިޑީ އަށް ކުރި ޚަރަދު % 79.0 އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23 ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ސަބްސިޑީއަށް ކުރާ ޚަރަދުތައް މި އަހަރުގެ ތެރޭގައި އުފުލިފައިވާކަން ފާހަގަކުރެވެއެވެ. މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.