އެއް އަހަރުތެރޭ ރާއްޖޭގެ އިންފްލޭޝަނަށް 2.56 ޕަސެންޓްގެ އުފުލުމެއް

މެއި މަސް ވަކިން ބަލާނަމަ އަގުތައް އުފުލުން ހުރީ 0.26 ޕަސެނަޓް އުފުލުމެއްގަ އެވެ. އަދި އަތޮޅުތަކާއި މާލެއާ ދެމެދު ބޮޑު ފަރަގެއް ހުރިކަމަށް ދައްކަ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ބާމިޔާ ތޮޅި ކިރަނީ، އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް މިއަދު ބާޒާރުގައި ތިޔާގި

އެއް އަަހަރުތެރޭ ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.56 ޕަސެންޓް އުފުލިފައިވާ ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މިދިޔަ މަހާއި މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 2.56 ޕަސެންޓަށް އުފުލިފަ އެވެ. އަދި މެއި މަސް ވަކިން ބަލާނަމަ އަގުތައް އުފުލުން ހުރީ 0.26 ޕަސެންޓްގެ އުފުލުމެއްގަ އެވެ.

އަގުތައް އުފުލުނު ބައިތައް - މިދިޔަ މަހު ތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ކާބޯތަކެތީގެ ބައިންނެވެ. އެގޮތުން ކާބޯތަކެތީގެ ބައިގެ އަގުތައް ވަނީ 1.90 ޕަސެންޓް އުފުލިފަ އެވެ. އަދި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 18.87 ޕަސެންޓް އުފުލިފަ އެވެ. އަދި ކިރާއި، ޑެއިރީ ޕްރޮޑަކްޓްސް އަދި ބިހުގެ އަގުތައް 1.72 ޕަސެންޓް މަތީގައި ހުރިއިރު، ކޮފީ އަދި ސައިފަތުގެ އަގުތައް ހުރީ 1.27 ޕަސެންޓް އުފުލިފަ އެވެ.

މިދިޔަ މަހު އަގުތައް ދަށަށް ދިޔަ ބައިތަކުގެ ތެރެއިން އެންމެ ބޮޑަށް ހެޔޮވެފައިވަނީ ދަތުރުފަތުރުގެ ދާއިރާއިިންނެވެ. މިބައިގެ އަގުތައް ވަނީ 1.47 ޕަސެންޓް ދަށްވެފަ އެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އަގު 10.62 ޕަސެންޓް އަދި ޕެޓްރޯލްގެ އަގު 5.22 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން އަދި ކަރަންޓު ބިލްތަކުން ވަނީ -3.64 ޕަސެންޓްގެ ދަށްވުމެއް އައިސްފަ އެވެ. އަދި މޭވާގެ ބާވަތްތަކުގެ އަގުތައް 2.44 ޕަސެންޓް ދަށް ވެފަ އެވެ.

އަގުތައް އުފުލުން މާލެ އާއި އަތޮޅު ތެރޭގައި ބޮޑު ފަރަގެއް ހުރިކަމަށް މި ހިސާބުތަކުން ދައްކަ އެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، މާލޭގެ އިންފްލޭޝަން ރޭޓް 0.19 ޕަސެންޓްގައި ހުރިއިރު، އަތޮޅުތެރޭގެ އިންފްލޭޝަން ވަނީ 0.35 ޕަސެންޓް އުފުލިފަ އެވެ. އަދި މިދިޔައަހަރުގެ ޖޫން އާއި މި އަހަރުގެ ޖޫންއާ އަޅާކިޔާނަމަ މާލޭގެ އިންފްލޭޝަން 1.93 ޕަސެންޓް އަދި އަތޮޅުތެރޭގެ އިންފްލޭޝަން 3.49 ޕަސެންޓް މަތީގައި ހުރިކަމަަށް ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.