ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފުލުހަށް ހާޒިރުވާން އިއުލާނު ކޮށްފައި ވަނީ ށ. ކޮމަންޑޫ، ހިޔަލީގެ އިބްރާހީމް އަޒުހަދު 36، އެވެ. އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.

ފުލުހަށް ހާޒިރުވާން އަންގައި އިއުލާނު ކުރި މީހާގެ ވަނަވަރު --

ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޓެރިޒަމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ އޭނާ ހޯދަން އިއުލާނު ކޮށްފައި ވަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހަށް ހާޒިރުވާން އިއުލާނު ކޮށްފައި ވަނީ ށ. ކޮމަންޑޫ، ހިޔަލީގެ އިބްރާހީމް އަޒުހަދު 36، އެވެ. އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ 15:00 އަށް އޭނާ ހާޒިރުވާ އަންގާފައި ވަނީ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.