އެފްޑީސީ ފްލެޓް ސަރަހައްދުން ކުނި ނަގަން މިހާތަނަށް 13 މިލިއަން ހަރަދުކޮށްފި

އެފްޑީސީން ބުނީ ވޭތުވެދިޔަ އަށް މަހެއްހާ ދުވަސްތެރޭ ފްލެޓްތައް ހުންނަ ސަރަހައްދުން ޖުމްލަ 5040 ޓަނު ކުނި ނަގާފައިވާ ކަމަށެވެ.

އެފްޑީސީ ފްލެޓްތައް ހުންނަ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއް --

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފަހި ދިިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތަކުގެ ކައިރިން ކުނި ނަގަން މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

އެފްޑީސީގެ ފްލެޓްތައް ހުންނަ ސަރަހައްދަށް ކުނި އެޅުމުގެ ސަބަބުން މުޅިތަން ގޮނޑުވެ، އާންމު ސިއްހަތަށް ވެސް ނުރައްކާވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ ކުންފުނިން ދަނީ އެގޮތަށް އަޅާފައި ހުންނަ ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ބުނީ، ކުނި ނައްތާލުމުގެ މަސައްކަތަށް މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައި ވަނީ އާންމު ސަރަހައްދުތަކަށް އެކިބާވަތުގެ ކުޅި އެޅުމުގެ ސަބަބުން ކަމަށެވެ.

"ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން، އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ވަނީ ނިސްބަތުން އިތުރުވެފައި،" އެފްޑީސީން ބުންޏެވެ.

އެފްޑީސީން ބުނީ ވޭތުވެދިޔަ އަށް މަހެއްހާ ދުވަސްތެރޭ ފްލެޓްތައް ހުންނަ ސަރަހައްދުން ޖުމްލަ 5040 ޓަނު ކުނި ނަގާފައިވާ ކަމަށެވެ.

ކުނި އުކާލުމަށް އެފްޑީސީން ކުރި ހަރަދު

  •  އޮކްޓޯބަރު 2025 އިން މާޗް 2026 އަށް 8.45 މިލިއަން ރުފިޔާ ހަރަދުވި
  •  މިދިޔަ އޭޕްރީލް މަހު 75000 ރުފިޔާ ހަރަދުވި
  •  މިދިޔަ މޭ މަހުން ޖޫން މަހަށް 4.95 މިލިއަން ރުފިޔާ ހަރަދުވު
  •  ވޭތުވެދިޔަ އަށް މަހު ޖުމްލަ 13.5 މިލިއަން ރުފިޔާ ހަރަދުވި

"މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުތެ ބޮޑަށް ޒިންމާދާރުވުމަކީ ނުހަނު ބޭނުންތެރި ކަމެއް،" އެފްޑީސީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.