އެޗްޑީސީގެ މަދިރިން ރައްކާ ކެމްޕޭން | މަދިރި އާލާވާ ގޮތަށް ހުރި 300 އެއްހާ ތަން ނައްތާލައިފި

އެޗްޑީސީން ބުނީ ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު އިއްޔެ ކާމިޔާބު ކަމާއެކު ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ.

"މަދިރިން ރައްކާ" ކެމްޕޭނުގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ފެށި "މަދިރިން ރައްކާ" ކެމްޕޭނުގައި މަދިރި އާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަން ނައްތާލައިފި އެވެ.

އިއްޔެ ހެނދުނު ފެށި މި ހަރަކާތަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށް އެޗްޑީސީން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ހަރަކާތެކެވެ.

މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތައިލުމަށް ބޭއްވި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ކުންފުނީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތައް ވެސް ބައިވެރިވި މި ހަރަކާތުގައި 150 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

"މަދިރިން ރައްކާ" ކެމްޕޭނުގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --

އެޗްޑީސީން ބުނީ ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު އިއްޔެ ކާމިޔާބު ކަމާއެކު ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އެކަނިވެސް މަދިރި އާލާވާ ގޮތަށް 300 އަށްވުރެ ގިނަ ތަން ހުއްޓެވެ. އެހުރިހާ ތަނެއް މިހާރު ވަނީ ސާފުކޮށްފަ އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.