ކުރިއެރުމެއް | އެސްޓީއޯއަށް ލިބެން ޖެހޭ ފައިސާގެ އަދަދު ދަށަށް

މިދިޔަ ކުއާޓަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހުރީ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ ކުރީ ކުއާޓަރުގައި ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހުރި 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް ވުމެކެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝިމާދު -- އެސްޓީއޯ

ރާއްޖޭގެ އާއްމު ބާޒާރަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ، ސަރުކާރު ކުންފުނި ކަމަށްވާ އެސްޓީއޯއަށް ލިބެން ޖެހޭ ފައިސާ ހޯދަން ކުރި މަަސައްކަތުން ބޮޑު އަދަދެއް ހޯދައިފި އެވެ. 

މިދިޔަ ކުއާޓަރުގެ އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ ކުއާޓަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހުރީ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ ކުރީ ކުއާޓަރުގައި ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހުރި 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. 

އެސްޓީއޯޢަށް ލިބެން ޖެހޭ ފައިސާގެ އަދަދު ދަށްކޮށްފައިވަނީ މި ކުއާޓަރުގެ ތެރޭގައި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތައް ނުވަތަ ކަލެކްޝަން އެފަޓްސް ހަރުދަނާވުމާއި، ވޯކިން ކެޕިޓަލް މެނޭޖްކުރުން ރަނގަޅުވުމުގެ ސަބަބުންނެވެ. 

ލިބެން ޖެހޭ ފައިސާގެ އަދަދެއް އެސްޓީއޯއިން ހޯދިއިރު، އެ ކުންފުންޏަށް އެންމެ ބޮޑު އަދަދުން ފައިސާ ދޭން ޖެހެނީ މައި ކްލައިންޓް ކަމަށްވާ ސަރުކާރުގެ ކުންފުނިތަކުންނެވެ. މިގޮތުން ފެނަކައިން އެކަނި އެސްޓީއޯއަށް ވަނީ ދެ ބިލިއަނެއްހާ ރުފިތާ ހޯދާފަ އެވެ. 

އެސްޓީއޯ އެމްޑީ ޝިމާދު ރޭ ޕްރޮޒެންޓޭޝަން ދެއްވަނީ -- އެސްޓީއޯ

އެސްޓީއޯ އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ މި އަހަރުގެ ދެވަނަ ކުއާޓަގެ އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓައާއި އަޅާ ބަލައި އިރު %27ގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ސަބަބު - އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ. ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރުވަނީ ކުޑަކުރެވިފަ އެވެ.

މި ކުއާޓަގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ. ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފަ އެވެ. 

މާލީ ރިޕޯޓުގެ އުސްއަލިތައް

އާމްދަނީ - މި ކުއާޓަރުގައި ލިބިފައިވަނީ 6,981 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ އޭގެ ކުރީ ކުއާޓަރަރާ އަޅާބަލާއިރު %27 ގެ ކުރިއެރުމެކެވެ. މި ކުރިއެރުން ލިބިފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ތެލުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.


ސާފު ފައިދާ - ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 1% ގެ ކުރިއެރުމެކެވެ.


އޮޕަރޭޓިން ޕްރޮފިޓް - އޮޕަރޭޓިން ޕްރޮފިޓް ވަނީ 324 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. މިއީ %12 ގެ ދަށްވުމެކެވެ.


ޖުމްލަ ފައިދާ - ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ. މިއީ %4 ގެ ދަށްވުމެކެވެ. މިގޮތަށް ދަށްވެފައިވަނީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ތެލުން ލިބޭ ފައިދާ (މާޖިން) ކުޑަވުމުންނެވެ.
ހިއްސާއަކަށް ޖެހުނު ފައިދާ - ހިއްސާއަކަށް 248 ރުފިޔާ ޖެހިފައިވެއެވެ. މިއީ ކުރީ ކުއާޓަރުގައި ހުރި 245 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.