ސައީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލާގައި ސޮއި ކޮށްފައި ވަނީ އެމްޑީޕީގެ 13 މެންބަރުންނެވެ. އެ މައްސަލަ ފާސް ކުރަން މަޖިލީހުގެ އަގުލަބިއްޔަތު ބޭނުން ވާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް މައްސަލައެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސައީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލާގައި ސޮއި ކޮށްފައި ވަނީ އެމްޑީޕީގެ 13 މެންބަރުންނެވެ. އެ މައްސަލަ ފާސް ކުރަން މަޖިލީހުގެ އަގުލަބިއްޔަތު ބޭނުން ވާނެ އެވެ.
އެމްޑީޕީން ހުށަހެޅި ގަރާރުގައިވާ ގޮތުން ސައީދު ވަނީ މިނިސްޓަރެއްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސައީދު ގާނޫނުއަސާސީ އާ ހިލާފުވެފަ އެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގައި ވެސް އިހުމާލުވެފައިވާތީ އޭނާގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށް އެ މައްސަލަގައި ބުނެފައިވެ އެވެ.
ސައީދަށް ތުހުމަތު ކުރައްވާ މައިގަނޑު ހަ މައްސަލައެއް އެ ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މަޖިލީހުން ފާސް ކުރާ ހިސާބުން މިނިސްޓަރެއްގެ މަގާމް ގެއްލޭނެ އެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މިވަގުތު މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ.