މި ލޯނުގެ ތެރެއިން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނު (ޕާސަނަލް ލޯން)ގެ އަދަދު ހުރީ 9,382.7 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން އެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނާއި އެޑްވާންސްގެ ޖުމްލަ އަދަދު މިދިޔަ ޖޫންގެ ނިޔަލަށް ގާތްގަނޑަކަށް 52.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ދޫކުރި ލޯނުގެ ނިސްބަތް 52.9 ބިލިއަން ރުފިޔާގައި ހުއިރު، މި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފ އެވެ. އެގޮތުން 2020 ވަނަ އަހަރަށް ބަލާނަމަ މި އަދަދު ހުރީ 30,905.6 ބިލިއަން ރުފިޔާގަ އެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މައިގަނޑު ސިނާއަތްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކަށްވެސް ވަނީ އެކަށީގެންވާ ވަރަކަށް ލޯނު ދޫކޮށްފަ އެވެ. އެގޮތުން ރިއަލް އެސްޓޭޓް ދާއިރާއަށް 4,251.6 ބިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ. މީގެ އިތުރުން މަސްވެރިކަމަށް 571.1 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. އަދި ކަރަންޓު، ގޭސް، ފެން އަދި ނަރުދަމާގެ ޚިދުމަތަށް 536.4 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މެނުފެކްޗަރިން ދާއިރާ ކުރިއަރުވަން 148.6 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދައްކަ އެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއަށް 16.5 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.