ދޮޅު އަހަރުތެރޭ ރާއްޖެއަށް ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

އެ ކާޑުގެ އެހީގައި ޕޭމަންޓްތައް ވެސް ދެއްކޭނެ ކަމަށާއި އަދި އެ މީހެއްގެ އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި، އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އައިޑީކާޑުތަކެއް -

ކުރިއަށް އޮތް ދޮޅު އަހަރުތެެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލައިޒްކޮށް، ސްމާޓް ކާޑަކަށް ބަދަލުކުރެވިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

'ނޭޝަނަލް ޗެޓް' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން އެކި ދާއިރާތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ސްމާޓް އައިޑީ ކާޑު ތައާރަފް ކުރުމަކީ އޭގެ އެއް ބައި ކަމަށެވެ.

ރައީސް ވިދާޅުވީ ސްމާޓް އައިޑީ ކާޑު ފަރުމާކުރާނީ ފިންގާޕްރިންޓާއި ޗިޕެއް ހިމެނޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެ ކާޑުގެ އެހީގައި ޕޭމަންޓްތައް ވެސް ދެއްކޭނެ ކަމަށާއި އަދި އެ މީހެއްގެ އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި، އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި އޮންނަ އައިޑީ ކާޑު، ފިޒިކަލް އައިޑީ ކާޑެއް، އެހެން ނަމަވެސް އެ ކާޑުގެ ބާވަތް ބަދަލުވާނީ ޑިޖިޓަލައިޒްވެ، ސްމާޓް އައިޑީ ކާޑަކަށް. އެކަން ވެސް އިރާދަކުރެއްވިއްޔާ ތާވަލުކުރެވިފައި އޮތް ގޮތަށް ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރެއްތެރޭ ހާސިލު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ރައްޔިތުން މަޖިލީހަށް މިހާރު ބިލެއް ފޮނުވާފައިވާ ކަމަށެވެ. 

ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ ގައުމުން ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފަސޭހަވާނެހެން ހިދުމަތް ދިނުން ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.