އެޗްޑީސީއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއްގައި އެހީއެއް ބޭނުންފުޅުވެއްޖެ ނަމަ، ލަސްނުކޮށް އެ ކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުއްވުމަށް އެދިފައިވެ އެވެ.

މޫސުން ގޯސްވެ ގެއްލުން ވަމުންދާތީ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރައްޔިތުންނަށް އެހީވާން ކޯލް ސެންޓަރު ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ނުވަތަ ކުއްލި ހާލަތެއްގައި އެހީއެއް ބޭނުންފުޅުވެއްޖެ ނަމަ، ލަސްނުކޮށް އެ ކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުއްވުމަށް އެދިފައިވެ އެވެ.
އެ ކުންފުނިން ބުނީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި ދެމިތިއްބެވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޑީސީއިން މިއަދު ވަނީ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ މަގުމައްޗަށް ވެއްޓޭ ގަސް ނަގާ ސާފުކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.
އެ ކުންފުނިން ވަނީ މި މޫސުމުގައި ކޮންސްޓްރަކްޝަން ސައިޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއު އާންމުން މަގުމައްޗަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.