ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ގެއްލިގެން ހޯދަނީ

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކަނޑުމަތީގައި އުޅަނދެއް ސަލާމަތް ކުރަން ކޯސްޓްގާޑްގެ އުޅަނދެއް މީގެ ކުރިން ހަރަކާތްތެރި ވަނީ -- ފޮޓޯ: އެމްއެންޑީއެފް

ކ. ގާފަރު ކައިރިން ދަތުރުކުރި ލޭންޑިން ކްރާފްޓެއް އަޑިއަށް ގޮސް، ދެ މީހަކު ކަނޑަށް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި މި ލޭންޑިން ކްރާފްޓެއް ދިޔަވެ ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ގެއްލިފައިވާ ބާކީ ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގިއިރު، މިއަދަކީ ވަރަށް ބޮޑަށް މޫސުން ގޯސް ދުވަހެކެވެ. ވައި ގަދަވެފައި ކަނޑު ވެސް ވަރަށް ގަދަކަމުން މެޓް އޮފީހުން އޮތީ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.