މާފުށި ބޭރުގަ އޮންނަ ސަފާރީ ފަރުމައްޗަށް ލައްވެ ކުދިކުދި

މި ސަފާރީ އަށް މި ހާދިސާ ދިމާވެގެން މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. ނަމަވެސް ސަފާރީ ބީހުމާއެކު އޭގައި ތިބި ފަޅުވެރިން މޫދަށް ފުންމާލާތަން ފެނެ އެވެ.

ސަފާރީ މާފުށީ ފަރުމައްޗަށް ލައްވަނީ

މާފުއްޓަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން އެ ރަށު ބޭރުގައި އަޅާފައި އޮންނަ ސަފާރީ މޫސުން ގޯސްވުމުގެ ސަބަބުން ނަގިލި ކަހާލައިގެން ފަރުމައްޗަށް ލައްވެ ކުދިކުދި ވެއްޖެ އެވެ. 

މިއަދު ހެނދުނު އެންމެ މޫސުން ގޯސްވި ވަގުތު މި ސަފާރީ މާފުށީ ފަރުމައްޗަށް ލައްވާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ސަފާރީ ފަރުމައްޗަށް އުރުމާއެކު ހިނދުކޮޅެއްގެ ތެރޭގައި ސަފާރީ ކުދިކުދިވެގެންދެ އެވެ. 

މި ހާދިސާގައި މިހާތަނަށް މީހަކަށް އަނިޔާވިކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ސަފާރީ ބީހުމާއެކު އޭގައި ތިބި ފަޅުވެރިން މޫދަށް ފުންމާލާތަން ވީޑިއޯއިން ފެނެ އެވެ.  މާފުށި ބޭރުގައި ބާއްވާފަ އޮންނަ މި ސަފާރީ އިސްތިހާރު ކުރަނީ "ފްލޯޓިން ބާ އަދި ސަފާރީ" އެއްގެ ގޮތުގަ އެވެ. 

ސަފާރީ މާފުށީ ފަރުމަތީގައި ކުދިކުދި ވެފައި

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ އިތުރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެ އެލާޓުގައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދާނެ ކަމަށެވެ.

އެހެންކަމުން ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން ކުރިން ބުނެފައި ވަނީ މިއަދާއި މާދަމާ ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.