މޫސުމަށް ސަމާލުވޭ | 50 މޭލަށް ވައިގަދަވާނެ، ކަނޑު ވަރަށް ގަދަ

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ވަރަށް ބޮޑަށް ވައި ގަދަވެ، ބައެއް ސަރަހައްދުތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ އިތުރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ނެރެފައިވާ އެ އެލާޓުގައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި،  ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދާނެ ކަމަށެވެ.

އެހެންކަމުން ހާއްސަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން ކުރިން ބުނެފައި ވަނީ މިއަދާއި މާދަމާ ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.