މި ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ސްޓޭކްހޯލްޑަރުންނާ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މީރުމާގައި އޮތް ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުޢައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
"މި މަޝްވަރާ ބައްދަލުވުމުގެ ބޭނުމަކީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މި ކުންފުނީގެ ސްޓޭކްހޯލްޑަރުންގެ ފަރާތުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި އެއާއި އެއްކޮށް ތިލަފުށި ރިލޮކޭޓްކުރުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަވާނެގޮތަކަށް ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާއި އެއްގޮތަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުން" ޝަފީޤު ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ. ތިލަފުށި ބަނދަރު "ސްޓޭޓް އޮފް ދި އާޓް" ޕޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތުގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ދެ ކީވޯލް ހަދަން ޗައިނާގެ ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އަށް ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ބޭރުން އަންނަ ކޮންޓެއިނާ އާގުބޯޓު ފަހަރު ކައިރިކުރަން ފުންމިނުގައި 14.6 މީޓަރު ހުންނަ 375 މީޓަރުގެ ކީވޯލެއް ހަދާނެ ފަސް މީޓަރުގެ ދިގު އަދި 820 މީޓަރުގެ ދިގު ކީވޯލްއެއް ހަދާނެ އެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި އެއްބަސްވުމާއެކު ތިލަފުށި ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަވެގެންދާނެ އެވެ.
ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތްތައް ހަލުުވިކަމާއެކު އަންނީ ކުރިއަދެވެމުންނެވެ.
މި މަޝްރޫޢުގެ އިތުރު ބައެއް މަސައްކަތްތައް މި އަހަރުގެ ޖޫން 1 ވަނަ ދުވަހު އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ-ވޯލަކާއި 3 ހެކްޓަރުގެ ސަރަހައްދެއްގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތްތަކާއެކު ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް އަވަސް ވެގެންދާނެ އެވެ. އަދި މި ބަނދަރު ނިމުމުން މުދާ ކްލިއަ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް އަވަސް ވެގެންދާނެ އެވެ.