އިންފްރާސްޓްރަކްޗާ ކުންފުންޏަށް ނަޒްލީނާ | ތައުލީމާއި ތަޖުރިބާ އެބަހުރި

ނަޒްލީނާއަކީ ފައިނޭންޝަލް ރިޕޯޓިން ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފަ އެވެ.

މަރްޔަމް ނަޒުލީނާ --

އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ (އައިޑީއެސްސީ) ގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް މި ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި މަރްޔަމް ނަޒުލީނާ އައްޔަންކޮށްފި އެވެ.

މާލެ، ދަފްތަރު ނަންބަރު ރސ 8557، ނަޒްލީނާ އަކީ ފައިނޭންޝަލް ރިޕޯޓިން ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓާ އެކައުންޓިން ދާއިރާގެ ފަންނީ ބޭފުޅެކެވެ.

އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ. ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒްލީނާ ވަނީ، ސެޕް އެފްއައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފަ އެވެ.

މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިން ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާ ކުރުމުގެ މަސައްކަތްތަކުގައާއި، އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފަ އެވެ. 

ނަޒްލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިން ދާއިރާއިން ބެޗްލާ އޮފް ކޮމާސް ފުރިހަމަކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.