މި މަހުގެ 27 ވަނަ ދުވަހު ކަނޑުމަގުން އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ. އެތަކެތި އަތުލައިގެންފައި ވަނީ މާލެ ކޮމާޝަލް ހާބަރުންނެވެ.

ކަނޑުމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މި މަހުގެ 27 ވަނަ ދުވަހު ކަނޑުމަގުން އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ 2.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ. އެތަކެތި އަތުލައިގެންފައި ވަނީ މާލެ ކޮމާޝަލް ހާބަރުންނެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެންފައި ވަނީ މެތްއެމްފެޓަމީން ނަމަކަށް ކިޔާ ޑްރަގެއް ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.