އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެލާޓުގައިވެ އެވެ.

މިއަދު ހަވީރު 4:00 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެލާޓުގައިވެ އެވެ.
ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، އެ ސަރަހައްދަށާއި ރާއްޖޭގެ އެންމެ އުތުރަށް ހެނދުނުން ފެށިގެން އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
އެގޮތުން ހަވީރު 4:00 ގެ ނިޔަލަށް އެންމެ އުތުރުގެ އަތޮޅުތަކަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓުން ބުނެފައި ވަނީ މި ހަފްތާ ބަންދުގައިވެސް އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެހެންކަމުން ޗުއްޓީ ނިންމާލުމަށްފަހު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.