ބީއެމްއެލް ކަސްޓަމަރުންގެ ޑިޕޮސިޓް އިތުރު | ސާފު ފައިދާ % 21 މައްޗަށް

ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބީއެމްއެލްގެ ސީއީއޯ / އެމްޑީ އިބްރާހިމް ޝަރީފު މިރޭ ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ބޭންކްއެއްގެ ކުރިއެރުން ދައްކުވައިދޭ އެއް މިންގަނޑަކީ ކަސްޓަމަރުންގެ ޑިޕޮސިޓަށް އަންނަ އިތުރުވުމެވެ. މި އަހަރުގެ ހަ މަސް ދުވަހަށް ބަލާއިރު ކަސްޓަމަރުންގެ ޑިޕޮސިޓް ބޮޑުތަކުން އިތުރުވެ، ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. 

ބީއެމްއެލްއިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ހަ މަސް ދުވަހު ޓެކުހަށް ކެނޑުމަށްފަހު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު % 21ގެ ކުރިއެރުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ.

ބީއެމްއެލް އަށް މި އަހަރު ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި ހަ މަސް ދުވަހު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ލިބުނު 1.6 ބިލިއަން ރުފިޔާއާއި ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނޭއިރު، ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ހުރީ %28 އެވެ.  

ބޭންކުގެ މާލީ ކުރިއެރުން ކުރުކޮށް

  •  ސާފު ފައިދާ 1.3 ބިލިއަން
  •  ހިންގުމުގެ ފައިދާ 887 މިލިއަން ރުފިޔާ
  •  ޖުމްލަ އާމްދަނީ 3.2 ބިލިއަން ރުފިޔާ
  •  ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާ 41.6 ބިލިއަން
  •  ލޯނު ޕޯޓްފޯލިއޯ 30.5 ބިލިއަން ރުފިޔާ

ބީއެމްއެލްގެ ބޭންކުގެ ބެލެންސް ޝީޓަށް ލިބުނު ކުރިއެރުންތަކަށް ބަލާއިރު، މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި މުޅިން އަލަށް ޖުމްލަ 8 ބިލިއަން ރުފިޔާގެ ލޯނު ބޭންކުން ވަނީ ދޫކޮށްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.