ނަޝީދު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ތެލާއި ފެނާއި ކަރަންޓު ނުލިބޭން ފެށީމާ ދެން ނުކުންނާނީ މަގުމައްޗަށެވެ. އެ ބާރުމިނުގައި ދާއިރުގައި ދިވެހި ދައުލަތަށާއި އެންމެނަށް ވެސް އެކަމުގެ ގެއްލުން ލިބޭނެ އެވެ.

މަގުމައްޗަށް ނުކުމެ މި ސަރުކާރު ހަމަ މަގަށް އަޅުވަން ވިސްނަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މަގުމައްޗަށް ނުކުމެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ގާތުގައި ވަރަށް ގިނަ މީހުން އެދެމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް އެ މަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަގުމަތީ ހަރަކާތްތައް ރާއްޖޭގެ ރައްޔިތުން ތެދުވާނެކަން އެ މަނިކުފާނަށް ކަމަށަވަރުވާ ކަމަށާ އެ މީހުންނަށް ކަންކަން ތަހައްމަލު ނުކުރެވޭވަރުވުމުން ރައްޔިތުން ތެދުވާނެ އެވެ.
"އަޅުގަނޑަށް ޔަގީން ރައްޔިތުން ތެދުވާނެ. ރައްޔިތުން ބަސް ބުނާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ތެލާއި ފެނާއި ކަރަންޓު ނުލިބޭން ފެށީމާ ދެން ނުކުންނާނީ މަގުމައްޗަށެވެ. އެ ބާރުމިނުގައި ދާއިރުގައި ދިވެހި ދައުލަތަށާއި އެންމެނަށް ވެސް އެކަމުގެ ގެއްލުން ލިބޭނެ އެވެ.
"އަޅުގަނޑުމެން ނޭދެން ދިވެހި ދައުލަތް ޑީފޯލްޓް ވާކަށް. ދިވެހި ދައުލަތް ޑީފޯލްޓްވާ އިރުގައި އަޅުގަނޑުމެން އެންމެން ވެސް ޑީފޯލްޓް ވާނެ. ސޮވެރިން ޑީފޯލްޓޭ މި ބުނަނީ އެހެންވެގެން،" ނަޝީދު ވިދާޅުވި އެވެ.