ތިން އަހަރު ކައުންސިލް ބްލޮކް ގްރާންޓް | ބޮޑު އަދަދެއް ލާމު ގަމަށް

ފިނޭންސުންވަނީ ސިޓީ ކައުންސިލްތަކަށް 2027 ވަނަ އަހަރު 231 މިލިއަނަށްވުރެ ގިނަ ރުފިޔާ، އަދި 2029 ވަނަ އަހަރު 256 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރުމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފަ އެވެ.

ލ. ގަން ކައުންސިލުން ބޭއްވި ރަސްމިއްޔާތެއް -- ގަން ގައުންސިލް

ކައުންސިލްތަކަށް ބަޖެޓުން ބްލޮކް ގްރާންޓް ދޭ އުސޫލުގެ ދަށުން 2029-2027 އަށް އެންމެ ބޮޑު ފައިސާގެ އަދަދެއް ލިބޭނީ ހައްދުމަތީ ގަމު ކައުންސިލަށް ކަމަށް އަންދާޒާކޮށްފި އެވެ. 

ފިނޭންސް މިނިސްޓްރީން ނެރެފައިވާ 2029-2027 އަށް އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ކައުންސިލްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް ނުވަތަ ބަޖެޓުގެ އަންދާޒާ އަދަދުތައް ހިމެނޭ ސާކިއުލާގައިވާ ގޮތުން ސިޓީ ކައުންސިލްތައް ފިޔަވައި އެންމެ ބޮޑު އަދަދެއް ލިބޭ ގަމު ކައުންސިލަށް ތިން އަހަރު ޖުމްލަ މިލިއަން ރުފިޔާ ލިބޭނެ އެވެ.

ލ. ގަމު ކައުންސިލަށް ލިބޭ އަދަދުތައް

  • 2027 ވަނަ އަހަރު - 39,364,637 މިލިއަން ރުފިޔާ
  • 2028 ވަނަ އަހަރު - 41,701,458 މިލިއަން ރުފިޔާ
  • 2029 ވަނަ އަހަރު - 43,581,781 މިލިއަން ރުފިޔާ

މި ސާކިއުލާގައިވާ ގޮތުން މިއީ ކުރިއަށް އޮތް ތިން އަހަރަށް ކައުންސިލްތަކަށް ދޫކުރާ ބަޖެޓު ވަނީ އަހަރުން އަހަރަށް އިތުރުވާގޮތަށް އަންދާޒާކޮށްފަ އެވެ. ދައުލަތުގެ މާލީ ހިސާބުތަކާއި ކައުންސިލްތަކަށް ދޫކުރާ ގްރާންޓްތަކަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދަށުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާ ފައިސާ އެކެވެ. 

ފިނޭންސުން ބުނެފައިވާ ގޮތުގައި ބްލޮކް ގްރާންޓުގެ އެންމެ ބޮޑު އަދަދެއް ލިބޭ ކައުންސިލްތަކުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް 2027 ވަނަ އަހަރު 22.9 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، 2029 ވަނަ އަހަރު 25.4 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލަށް 2027 ވަނަ އަހަރު 21.8 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، 2029 ވަނަ އަހަރު 24.1 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޕާދިއްޕޮޅު ހިންނަވަރު ކައުންސިލަށް 2027 ވަނަ އަހަރު 18.0 މިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 19.9 މިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލަށް 2027 ވަނަ އަހަރު 18.9 މިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 20.9 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ފިނޭންސުން ބުނީ މީގެ އިތުރުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކާއި ސިޓީ ކައުންސިލްތަކަށް 2027 ވަނަ އަހަރު 231 މިލިއަނަށްވުރެ ގިނަ ރުފިޔާ، އަދި 2029 ވަނަ އަހަރު 256 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރުމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފަ އެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވަނީ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރަން ބޭނުންވާތީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުން މެދުރާތާގައި އަންދާޒާ ކުރާ ބަޖެޓުގެ މައުލޫމާތު ހިއްސާ ކުރަން އެދިފަ އެވެ.

ބަޖެޓުން ކައުންސިލްތަކަށް ދޭ ގްރާންޓް ދަނީ އިތުރު ކުރަމުންނެވެ. މިގޮތުން 2020 ގައި މި އަދަދު ބަޖެޓުގެ އާމްދަނީގެ ފަސް ޕަސެޓް ދޫކުރަން ފެށީ 2020 ގަ އެވެ. އެގޮތުން ފުރަތަމަ އަހަރު 1.6 ބިލިއަން ރުފިޔާ ދޫކުރި އެވެ. މިދިޔަ އަހަރު 2.3 ބިލިއަން ދޫކޮށްފައިވާޢިރު މި އަހަރު 2.4 ބިލިއަން ރުފިޔާ ދޫކުރަން ވަނީ އަންދާޒާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.