އެސްޓީއޯގެ ދެވަނަ ކުއާޓަރު | ތެލުގެ އަގުމަތިވުން ކޮންޓޯލްކުރި، ސާފު ފައިދާ 280 މިލިއަން

މާލީ ރިޕޯޓް ދައްކާ މި އަހަރުގެ ދެވަނަ ކުއާޓަގެ އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓައާއި އަޅާ ބަލައި އިރު %27ގެ އިތުރުވުމެކެވެ.

އެސްޓީއޯ އެމްޑީ ޝިމާދު ރޭ ޕްރޮޒެންޓޭޝަން ދެއްވަނީ -- އެސްޓީއޯ

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯ އިން މިދިޔަ ދެވަނަ ކުއާޓަރުގައި ބާޒާރުގައި ތެލުގެ އަގުމަތިވުން ކޮންޓޯލްކުރަން އެޅި ފިޔަވަޅުތަކާއެކުވެސް ސާފު ފައިދާ އަށް 280 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. 

އެސްޓީއޯ އިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ މި އަހަރުގެ ދެވަނަ ކުއާޓަގެ އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މީގެ ކުރީ ކުއާޓައާއި އަޅާ ބަލައި އިރު %27ގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވި ސަބަބު - އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމެވެ. ތެލުގެ އަގު މަތިވުމާއިއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާ އަށް ކުރި އަސަރުވަނީ ކުޑަކުރެވިފަ އެވެ.

މި ކުއާޓަގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ. ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމާއި ފައިނޭންސް ކުރުމަށް ކުރެވުނު ހަރަދު މެނޭޖްކުރުމާއިއެކު ދެވަނަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 335 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 280 މިލިއަން ރުފިޔާ ލިބިފަ އެވެ.

މާލީ ރިޕޯޓުގެ އުސްއަލިތައް

އާމްދަނީ - މި ކުއާޓަރުގައި ލިބިފައިވަނީ 6,981 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ އޭގެ ކުރީ ކުއާޓަރަރާ އަޅާބަލާއިރު %27 ގެ ކުރިއެރުމެކެވެ. މި ކުރިއެރުން ލިބިފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ތެލުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. 
ސާފު ފައިދާ - ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 1% ގެ ކުރިއެރުމެކެވެ.   
އޮޕަރޭޓިން ޕްރޮފިޓް - އޮޕަރޭޓިން ޕްރޮފިޓް ވަނީ 324 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ. މިއީ %12 ގެ ދަށްވުމެކެވެ. 
ޖުމްލަ ފައިދާ - ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 757 މިލިއަން ރުފިޔާއެވެ. މިއީ %4 ގެ ދަށްވުމެކެވެ. މިގޮތަށް ދަށްވެފައިވަނީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ތެލުން ލިބޭ ފައިދާ (މާޖިން) ކުޑަވުމުންނެވެ.   
ހިއްސާއަކަށް ޖެހުނު ފައިދާ - ހިއްސާއަކަށް 248 ރުފިޔާ ޖެހިފައިވެއެވެ. މިއީ ކުރީ ކުއާޓަރުގައި ހުރި 245 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.