މަޖިލިސް ބަކަރި ކޮޓަކަށް ހަދަން ފުރުސަތެއް ނުދޭނަން: ސަލީމް

މަޖިލިސް މެންބަރުން އެއަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮއްޓަކަށް ހަދަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުތިޖާޖުކޮށް އަޑުގަދަ ކުރުމާ ގުޅިގެން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނެރުމަށް ފަހު އެވެ.

ފިއްޓޭ މަޖިލީހުގައި އިހުތިޖާޖު ކުރީ މި މަހު 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫ އަށް ގެންދަން ސަރުކާރުން ނިންމާފައިވާ މައްސަލައިގަ އެވެ.

އެކަމާ ގުޅިގެން ތަޅުމުގައި އަޑުގަދަ ކުރުމުން އެކަން ހުއްޓުވުމަށް ފަހު ސަލީމް ވިދާޅުވީ މެންބަރުން އިހުލާސްތެރިކަމާއި ކެތްތެރިކަމާއެކީ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ސިފަ ކުރާ ފަދަ ބަކަރި ކޮއްޓެއް ނުވަތަ ޖަނަވާރު ކޮއްޓަކަށް މަޖިލިސް ވިޔަ ދީގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރައްޔިތުން އެބަ ބުނޭ މިއީ ބަކަރި ކޮއްޓެކޭ ނޫނީ ޖަނަވާރު ކޮއްޓެކޭ. އެހެންވެ އެ ލެވަލް އަށް ނުދަމާ ހިނގާ. ތަންކޮޅެއް ތަސައްވުރު ފުދޭ ބަޔަކަށް ވާން ހިނގާ،" ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ސަލީމް މިއަދު ވަނީ މެންބަރުން މަޖިލީހުގައި އިލްމީ ވާހަކަ ދެއްކެވުމަށް ވެސް އެދިވަޑައިގެންފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ބިލްތަކަށް ބަހުސް ކުރާއިރު އެހެން ވާހަކަތައް ނުދައްކައި ބިލުގެ މާއްދާތަކާ ގުޅޭ އިލްމީ ބަހުސް ކުރަން ޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.