މިފްކޯއިން "ދަ މިރާ " އަށް ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު މިމަހުގެ 28 ގެ ނިޔަލަށް މިފްކޯއަށް ވަނީ 2,062 މެޓްޓިކް ޓަނުގެ މަސް ގަނެފަ އެވެ. މިއީ މިދިޔަ އަހަރު ކިރުވި 551 ޓަނުގެ މަހާ އަޅާބަލާއިރު 274% ގެ އިތުރުވުމެކެވެ.

ސަރުކާރުން މަސް ގަންނަ އަގު ބޮޑު ކުރުމުން މިފްކޯ އަށް މަސް ކިރުވާ އަދަދު ބޮޑުތަނުން މައްޗަށް ގޮސްފި އެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން "ދަ މިރާ " އަށް ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު މި މަހުގެ 28 ގެ ނިޔަލަށް މިފް ކޯއަށް ވަނީ 2,062 މެޓްޓިކް ޓަނުގެ މަސް ގަނެފަ އެވެ. މިއީ މިދިޔަ މަހު ކިރުވި 551 ޓަނުގެ މަހާ އަޅާބަލާއިރު 274% ގެ އިތުރުވުމެކެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މިމަހު މަސްވެރިކަން އެންމެ ރަނގަޅީ ފެލިވަރު ފެކްޓްރީ ހުންނަ ޅ، އަތޮޅުގަ އެވެ. އެ އަތޮޅަށް 860 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފަ އެވެ. އަދި އެވްރެޖުކޮށް މުޅިރާއަށް ދުވާލެއްގެ މައްޗަށް ކިރުވަނީ 90 މެޓްރިކް ޓަނުގެ މަހެވެ.
މަހަށް ފުރާ އޮޑިފަހަރު މަދުވެފައިވަނިކޮށް ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ. އެ ފަހަރު ގެނައި މި ބަދަލާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުގެ އަގު ބޮޑު ކުރިފަހުން މަސް ކިލޯއެއްގެ އަގު 20ރ. އަށް ޖެއްސި މިއީ ފުރަތަމަ ފަހަރެވެ.