ޓޫރިޒަމްތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1,229,419 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 1,287,850 ޓޫރިސްޓުންނާ އަޅާބަލާއިރު %4.5 ގެ ދަށްވުމެކެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނުފަހުން މިމަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ވަނީ 07،00 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. މިއާއެކު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 1.2 މިލިއަން ފަހަނަ އަޅާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1,229,419 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 1,287,850 ޓޫރިސްޓުންނާ އަޅާބަލާއިރު %4.5 ގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ޗައިނާއިން 210,109 ޓޫރިސްޓުންނާއެކު ޓޫރިޒަމްގެ (17.4%) ހިއްސާއެއް ދަނީ ކުރަމުންނެވެ. މިއީ މިދިޔަ އަހަރުވެސް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. މީގެ އިތުރުން ދެވަނާގައި އޮތް ރަޝިއާއިން 175,814 ޓޫރިސްޓުން އައިސްފައިވާއިރު އެ ގައުމުގެ ހިއްސާ އުޅެނީ (14.6%) ގަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުންނާއެކު ޓޫރިޒަމްގެ ރެކޯޑެއް ގާއިމް ކުރި އެވެ. މި އަހަރުވެސް އެ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. އަމީން ވިދާޅުވެފައިވާ ގޮތުގައި