ހިމަބިހި ކޮންޓްރޯލެއް ނުވޭ | ހަފްތާއަކުން އިތުރު 20 ކޭހާއެކު ޖުމްލަ 186 އަށް

ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު، މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 186 އަށް އަރައިފަ އެވެ.

ހިމަބިހި ޖެހިފައިވާ މީހެއް

ފާއިތުވި ހަފްތާގެ ތެރޭގައި އިތުރު 20 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުން އަންނައިރު، މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 186 އަށް އަރައިފަ އެވެ.  

ގައިންގަޔަށް އަރާ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އަންނަނީ މިހާރު ކުރަމުންނެވެ.

އެގޮތުން މިހާތަނަށް 12،000 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، 2022ވަނަ އަހަރު އެ ބަލި ޖެހިގެން ރިޕޯޓު ކުރިއިރު ވެސް، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.