ސްރީލަންކަން އެއާލައިންސް އިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުންގެ ސަބަބުން ފަސިންޖަރުންނަށް ރާއްޖޭގެ 17 ޑޮމެސްޓިކް މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން އާއި ސްރީލަންކާގެ ގައުމީ ސްރީލަންކަންއާ ދެމެދު ރީޖަނަލް ދަތުރުތައް ފުޅުރަން އާ އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުންގެ ސަބަބުން ސްރީލަންކަން އެއާލައިންގެ ފަސިންޖަރުންނަށް ރާއްޖޭގެ 17 ޑޮމެސްޓިކް މަންޒިލަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އެއްބަސްވުމާއެކު ބޭރުން އަންނަ ޓޫރިސްޓުންނަށް އެއް ޓިކެޓަކުން ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އެވެ.މި ހިދުމަތް ލިބިގެންދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމާއެކު ވިޔަފާރި ދަތުރުތަކާއި ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ކޮމާޝަލް ޑިމުތު ތަންނަކޫން ވިދާޅުވީ މިއީ ސަރަހައްދީ ގުޅުންތައް ފުޅާކޮށް ކަސްޓަމަރުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ލިބޭނބެ އެވެ.
" އަޅުގަނޑުމެންގެ ގްލޯބަލް ނެޓްވޯކް މޯލްޑިވްސްގެ ޑޮމެސްޓިކް ނެޓްވޯކާ ގުޅުވާލުމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަދެވޭނެ ފުރުސަތު ބޮޑުވެގެންދާނެ،" ތަންނަކޫން ވިދާޅުވި އެވެ.
ސްރީލަންކަން އިން މިހާރު ވެސް 63 ގައުމެއްގެ 130 މަންޒިލަކަށް ދަތުރުކުރާ މި އެއާލައިނަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިދުމަތްދެމުން އާދެ އެވެ.