މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ވަނީ މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ.

ރާޅު ބޮޑުވެ، އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދުވެސް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓުގައި ވަނީ މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓުން އިއްޔެ ވެސް ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން މުޅި ރާއްޖެއަށް އެލާޓް ނެރެފަ އެވެ.
މޫސުން ގޯސްވެ އުދައަރާނެ ކަމުގެ ސަމާލު މެޓް އޮފީހުން ނެރެފައިވާއިރު، އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރާ ގެއްލުންވެފަ އެވެ. ހާއްސަކޮށް މާލެއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ.