ތޯރިގަށް އައިރީނާގެ މަންދޫބުކަން ދިނުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމަށް، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ތޯރިގަށް އައިރީނާގެ މަންދޫބުކަން ދިނުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ތޯރިގަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގެ ނިޔަލަށް އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައިވެސް އޭނާ ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ.
އޭގެފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ޓޫރިޒަމް މިނިސްޓަރުކަމަށް ބަދަލުކުރެއްވުމަށްފަހު، ސަރުކާރުން އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ އަދާކުރެއްވީ އެ މަގާމެވެ.