ރޯވި ތިލަފުށީ ކުނި ގޮނޑުން އަރާ ދުމުން މާލެ ކޮށި އަރަނީ

މާލެ އާއި ގިނަ އަދަދެއްގެ ރިސޯޓްތަކަށް ޖަމާވާ ކުނި ގެންނަ ތިލަފުށީ ބޮޑު ކުނިގޮނޑުގައި ރޯވީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ތިލަފުށީ ކުނިގޮނޑުގައި ރޯވެފައި -- ފޮޓޯ ފުލުސް

މިމަހުގެ 19 ވަނަ ދުވަހު ކ. ތިލަފުށީގައި ހުރި "ކުނީގެ ފަރުބަދަ" ގައި ރޯވި އަލިފާންގަނޑުން އަރާދުމުން މާލެ ކޮށި އަރަން ފަށައިފި އެވެ. 

މޫސުން ގޯސްވެ، އިރުމަތީ ފަރާތަށް ވައި ބަދަލުވުމާއެކު ތިލަފުށީ ކުނިގޮނޑުގެ ދުންގަނޑު ދަނީ މާލެ އަށް ފެތުރެމުންނެވެ. މިގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދާއި މާލޭގެ ބޮޑު ބަޔަކަށް މި ދުމުގެ އަސަރު ކުރެ އެވެ. މިގޮތުން ދުމުގެ ފިލަވަސް ހުރިކަން ފާހަގަވެ އެވެ. އަދި ފުވާ ޓްރެކްސް ސަރަހައްދުގައި ހަވީރުގެ ގަޑިތަކުގައި ދުމުގެ މައްސަލަ ބޮޑުކަން އިއްޔެވެސް ފާހަގަވި އެވެ. 

މިކަމާ ބެހޭ ގޮތުން ވެމްކޯއިން މައުލޫމާތެއް ހޯދަން އެ ކުންފުނީގެ މީޑިއާ ކޮންޓެކްޓަށް ގުޅައިގެން ކުރި މަސައްކަތުން މިއަދު މެންދުރު ފަހުގެ ވަގުތާ ޖެހެންދެން ކުރި މަސައްކަތުން ވެސް ވަނީ މައުލޫމާތެއް ލިބޭ ގޮތްނުވެފަ އެވެ. 

މާލެ އާއި ގިނަ އަދަދެއްގެ ރިސޯޓްތަކަށް ޖަމާވާ ކުނި ގެންނަ ތިލަފުށީ ބޮޑު ކުނިގޮނޑުގައި ރޯވީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ސިފައިންގެ މަސައްކަތުން ވަނީ އަލިފާން ނިއްވާލާފަ އެވެ. ނަމަވެސް ކުނީގެ އެކި ވައްތަރުތައް ޖަމާވާ މި ކުނިފުނިން ދުން އެރުން ހުއްޓޭ ގޮތް ވަނީ ނުވެފަ އެވެ. 

ކުނިގޮނޑުގައި ރޯވުމުގެ ސަބަބުން ތިލަފުށީގައި ހުންނަ ކުނި މެނޭޖު ކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސަރަހައްދުން ކުނި ނަގާ މިންވަރު ވަނީ މަދުކޮށްފަ އެވެ. މާލެ ސަރަހައްދަށް 2022 ވަނަ އަހަރު ތަފާސްހިސާބުން ދައްކާ ގޮތުގައި ދުވާލަކަށް 1،200 ޓަނުގެ ކުނި އުކާލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.