މެޓް އޮފީހުން ދާދި ދެންމެ ނެރުނު ހުދު ސަމާލުގައިވާ ގޮތުން ހަވީރު 15:00 އާ ހަމައަށް ވަނީ މޫސުން ގޯސްވެ ވަަރަށް ބޮޑަށް އުދައަރާނެ ކަމަށް ބުނެފަ އެވެ.

މިނިވަން ދުވަހުގެ ޗުއްޓީއަށްފަހު މާދަމާ ސަރުކާރުން ހުޅުވޭތީ ގިނަ ބަޔަކު ކަނޑު ދަތުރުކުރަން ތައްޔާރުވާއިރު، މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ދާދި ދެންމެ ނެރުނު ހުދު ސަމާލުގައިވާ ގޮތުން ހަވީރު 15:00 އާ ހަމައަށް ވަނީ މޫސުން ގޯސްވެ ވަަރަށް ބޮޑަށް އުދައަރާނެ ކަމަށް ބުނެފަ އެވެ.
މޫސުން ގޯސްވެ އުދައަރާނެ ކަމުގެ ސަމާލު މެޓް އޮފީހުން ނެރެފައިވާއިރު، އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރާ ގެއްލުންވެފަ އެވެ.
މިއީ ކޮން ނަކަތެއް ؟ - މިއީ ހުޅަނގު މޫސުމުގެ އަށް ވަނަ ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ވަރަށް ބަނަ ކޮށެވެ. އަދި ވާރޭ ވެހުން ގިނަ ވާނެއެވެ. ވައި ޖެހޭނީ ސީދާ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ ގަޑުއަކު 20.37 ކިލޯމީޓަރުގަ އެވެ. ވާރޭވެހޭ ނިސްބަތްއުޅޭނީ 3.49 އިންޗީގަ އެވެ.