މިދިޔަ ފަސް މަހު ރާއްޖޭގެ މަހުގެ އެކްސްޕޯޓް ހުރީ 28.3 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 63.7 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މިއީ އަހަރުން އަހަރަށް އައި ބަދަލު %55.7 ގެ ދަށްވުމެކެވެ.

ރާއްޖޭން - ވެލިއުއެޑް- ނުވަތަ އަގު އެއްކޮށްގެން އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތައް %20 ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން މެއި މަހުގެ ނިޔަލަށް 14.4 މިލިއަން ޑޮލަރުގެ ދަޅުމަހާއި ޕައުޗު އެކްސްޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މި އަހަރު މި ބާވަތްތަކުގެ އެކްސްޕޯޓް ހުރީ ޖެނުއަރީ އިން މެއި މަހުގެ ނިޔަލަށް 11.5 މިލިއަން ޑޮލަރުގަ އެވެ. މިއީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހާ އަޅާބަލާއިރު % 20.1 ގެ ދަށްވުމެކެވެ.
މި އަހަރުގެ މިދިޔަ ފަސް މަހަށް ބަލާއިރު ރާއްޖޭން އެކްސްޕޯޓް ކުރި މަހަށް ވަނީ 28.3 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 63.7 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މިއީ އަހަރުން އަހަރަށް އައި ބަދަލު ބަލާނަމަ %55.7 ގެ ދަށްވުމެކެވެ.
ރާއްޖޭގެ އެކްސްޕޯޓުގެ ތެރެއިން މިދިޔަ އަހަރު ގެ ޖެނުއަރީ އިން މެއި މަހުގެ ނިޔަލަށް 210.3 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ވަނީ ރާއްޖޭން ބޭރުކޮށްފަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ހުރީ 234.7 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. މިއީ އަހަރުން އަހަރަށް އައި ބަދަލު ބަލާބަމަ މިދިޔަ އަހަރުގެ ފުރަތަމަ 5 މަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޖުމްލަ އެކްސްޕޯޓު % 11.6 އިތުރުވުމެކެވެ.