އީރާނާއި އެމެރިކާގެ ކޯޅުން | އެމެރިކާ ހަމަލާތައް ހުއްޓުމަކަށް، ގެއްލުން ބޮޑު

ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 13 ދުވަހު ކެނޑިނޭޅި ހަމަލާ ދިނުމަށްފަހު އެމެރިކާއިން ހަމަލާތައް ހުއްޓާލީ އެ ގައުމުގެ ހަތިޔާރުތައް ހުސްވެ ލިބޭ ގެއްލުން ބޮޑުވުމުންނެވެ.

އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ ބޭހަކަށް ހަމަލާ ހަލާކުކޮށްލާފަ -- އޭޕީ

މީގެ 15 ދުވަސް ކުރިން އެމެރިކާ އާއި އީރާނާ ދެމެދު ފެށި ތަޅާފޮޅުން ހޫނުވުމަށްފަހު އެމެރިކާއިން ކުއްލި ގޮތަކަށް ހަމަލާތައް ހުއްޓާލައިފި އެވެ. 

ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 13 ދުވަހު ކެނޑިނޭޅި ހަމަލާ ދިނުމަށްފަހު އެމެރިކާއިން ހަމަލާތައް ހުއްޓާލީ އެ ގައުމުގެ ހަތިޔާރުތައް ހުސްވެ ލިބޭ ގެއްލުން ބޮޑުވުމުންނެވެ. 

އާއްމުވެފައިވާ ރިޕޯޓްތައް ބުނާ ގޮތުން މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގައި ބިމުގައި ޕާކުކޮށްފައި އޮތް އެމެރިކާގެ 11 ފައިޓަރ ޖެޓާއި ހެލިކޮޕްޓަރު ގޮއްވާލާފައިވާ ކަމަށެވެ. މީގެ އިތުރުން ޖާސޫސީ އަދި އޮޕަރޭޝަނަލް 17 ޑްރޯން ވެސް ހަލާކުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ ތެޔޮއަޅައިދޭ 8 ބޯޓަކާއި، ސީ-17 (C-17) މަރުކާގެ ޓްރާންސްޕޯޓް ބޯޓެއްގެ އިތުރުން ޕީ-8 (P-8) މެރިޓައިމް ޕެޓްރޯލް ބޯޓެއް ވެސް ވަނީ ނައްތާލާފައެވެ.  އަދި ޝެލްޓަރެއްގެ އެތެރޭގައި ރައްކާތެރިކޮށްފައި އޮތް އެފް-15 (F-15) މަރުކާގެ ފައިޓަރ ޖެޓަކަށް ވެސް ހަމަލާދީ ގޮއްވާލާފައިވާކަމަށް އޭނާގެ ބަޔާނުގައި ތަފްސީލުކޮށްދެއްވާފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.