މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނިންމިތާ ކުޑަވަގުތު ކޮޅެއް ފަހުން ރައީސް ނަޝީދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މި އަދަދަކީ އެ މަނިކުފާނު މަދަރުސާއަށް ވަތްފަހުން ނުކިޔާ މިއީ ފުރަތަމަ ފަހަރެވެ.

މި އަހަރަކީ ރައީސް މުހައްމަދު ނަޝީދަށް މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުދެއްވާ ފުރަތަމަ އަހަރު ކަމަށް ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނިންމިތާ ކުޑަވަގުތު ކޮޅެއް ފަހުން ރައީސް ނަޝީދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މި އަދަދަކީ އެ މަނިކުފާނު މަދަރުސާއަށް ވަތްފަހުން ނުކިޔާ މިއީ ފުރަތަމަ ފަހަރެވެ. އަދި ޖަލުގަ އޮތްއިރުވެސް ކިޔާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
މިއަދުގެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ރާއްޖޭގައި ތިއްބަވާ ސަފީރުން ހިމެނޭހެން ގިނަ ބަޔަކު ވަޑައިގެންފައިވެ އެވެ. އަދި މިއަދުގެ ޖަލްސާގައި ހަތަރު ބޭފުޅަކަށް ނިޝާން އިއްޒުއްދީންގެ ލަގަބާއި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ ޝަރަފު 66 ބޭފުޅަކަށް ވަނީ އަރުވާފަ އެވެ.