މިނިވަން ދުވަހު، ސާކްގެ ސުލްހައަށް ރައީސްގެ ހުށަހެޅުވުމެއް

ރައީސް ވަނީ 1980 ގެ އަހަރުތަކުގައި އުފެއްދި ސާކަކީ ސަރަހައްދީ ތަރައްގީއާއި ސުލްހައަށް ވަރަށް މުހިންމު އަދި ފައިދާހުރި ޖަމާއަތެކެވެ. ނަމަވެސް ފާއިތުވި ނުވަ ވަރަކަށް އަހަރު އެ ޖަމާއަތުގެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ސާކް ގައުމުތަކުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އަރާރުން އުފެދި އެއްކޮށް ހުއްޓފައިވާ މި ސަރަހައްދުގެ ހަތް ގައުމު ހިމެނޭ ޖަމިއްޔާ ކަމަށްވާ، ސައުތު އޭޝިއާ އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން ( ސާކް ) ކުރިމަގާ ބެހޭ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ ސާކް ގައުމުތަކުގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ނައްތާލައި، އަލުން އެ ޖަމާއަތް ހިންގުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖޭން ތައްޔާރަށް އޮތް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، 1980 ގެ އަހަރުތަކުގައި އުފެއްދި ސާކަކީ ސަރަހައްދީ ތަރައްގީއާއި ސުލްހައަށް ވަރަށް މުހިންމު އަދި ފައިދާހުރި ޖަމާއަތެކެވެ. ނަމަވެސް ފާއިތުވި ނުވަ ވަރަކަށް އަހަރު އެ ޖަމާއަތުގެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ސަރަހައްދުގެ ލާބަޔަށްޓަކައި އަލުން ސާކްގެ މަޝްވަރާތައް ފެށުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ. އަދި އެ ގައުމުތަކަށް އަމިއްލަ އަށް އެއް މޭޒުދޮށަށް އައުމަށް ދަތިވާނަމަ އެކަމުގައި އިސްނަގައި މަގުފަހިކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކުގައި ވެސް ރާއްޖެއިން ހަރަކާތްތެރި ދައުރެއް އަދާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އޯއައިސީއަށް 50 އަހަރު ފުރިގެންދާއިރު، ފާއިތުވި ދެ އަހަރު ތެރޭގައި އެ ޖަމާއަތުގެ އެންމެ މަތީ ފަންތީގެ ބައްދަލުވުންތައް ހިމެނޭހެން 11 ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ވާހަކައިގެ މުހިންމު ބައިތައް

ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ޑިމޮކްރަސީ އާއި މިނިވަންކަން ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

ސިޔާސީ ބަދަލުހިފުން ނިމުމަކަށް ގެނައުން - ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުމުގެ ސަގާފަތް ނައްތާލައި، އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީތަކަށް އެއްވެސް ހުރަހަކާ ނުލައި ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައިވާކަން ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމާއި އެއްވެއުޅުމުގެ މިނިވަންކަން - މުޒާހަރާކޮށް އެއްވެއުޅެވޭނެ ސަރަހައްދުތައް އިތުރުކޮށްފައިވާކަމާއި، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، އަދި "މީޑިއާ ވިލެޖް" އެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރެއްވިއެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީންކުރުން - ކޯޓުތަކަށް ބޭނުންވާ މާލީ މިނިވަންކަން ދިނުމުގެ ގޮތުން ބަޖެޓު ބޮޑުކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ.

އާ ކޯޓު ކޮމްޕްލެކްސް - ހުޅުމާލޭގައި 14 ބުރީގެ ބޮޑު "ސުޕީރިއާ ކޯޓު ކޮމްޕްލެކްސް" އެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި، 2029 ވަނަ އަހަރު މިތަނުގެ ބޭނުން ހިފެން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި އިމާރާތުގައި ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭ ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.