މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ހަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ޚަރަދުތަކާ ގުޅޭ މައުލޫމާތަކެވެ.

ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ ) އިން ކުރިއަށްގެންދާ ސާވޭ ފަށައިފި އެވެ.
"ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ފަށާފައިވާއިރު މިއީ އިގްތިސޯދީ ސިޔާސަތުތައް ދެނެގަންނަން މުހިންމު ސާވޭ އެކެވެ.
ސާވޭގެ މަގުސަދު - މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ހަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ޚަރަދުތަކާ ގުޅޭ މައުލޫމާތަކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި ސާވޭގައި އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް އެއް ނުކުރާނެ ކަމަށާއި ސާވޭއިން އެއްކުރާ ހުރިހާ މައުލޫމާތެއް ބޭނުންކުރާނީ ހަމައެކަނި ތަފާސްހިސާބު އެކުލަވައިލުމުގެ ބޭނުމެއް ނުކުރާނެ އެވެ.