ބޮޑު މަގުގެ ދެގަނޑު ފޮޓޯ | ކުލަނުވި ހިޔާލަކާއި ހަގީގީ ތަސްވީރެއް

ކުރީގެ ޗީފް އޮފް ސްޓާފްވަނީ މިމަގުގެ ކުރެހުމެއް އާއްމު ކުރައްވާފަ އެވެ. ކަޅާއި ހުދުގެ އެ ތަސްވީރުން ފެންނަނީ ފްލައިއޯވާއެކު މަގުހަދާފައިވާ ތަނެވެ. އަދި މި މަޝްރޫއުގެ މިލްކުވެރިކަމާމެދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

މާލޭގެ މޫނުމަތި ހިމެނޭ ބޮޑުމަގު ތާރުއަޅައި ތަރައްގީކޮށް ހުޅުވުމާއެކު މަގު އޮންނަންވީ ގޮތުގެ ގިނަ ހިޔާލުތަކެއް ދަނީ ދައުރުވާން ފަށާފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތޮފާ (ރައީސް އޮފީސް މުސްތޮ) ކަޅާއި ހުދުން އާއްމު ކުރި ތަސްވީރެކެވެ. މި ތަސްވީރާއެކު ވަނީ މި މަޝްރޫއުއާ ބެހޭ ގޮތުން ދެކަވި އެތައް ވާހަކައެއް ދައްކަން ފަށާފަ އެވެ. މަޝްރޫއުގެ މިލްކުވެރިކަމަށް އިއުލާނުކުރަން ޖެހޭ ހިސާބަށް ވަނީ ކަންކަން ގެންގޮސްފަ އެވެ. 

މުސްތޮ އާއްމު ކުރެއްވި ފޮޓޯއާއެކު އެކްސްގައި ލިޔުއްވާފައިވާ ގޮތުން މާލޭ ރިންގް ރޯޑަކީ ރައީސް ޔާމީންގެ ބިޔަ ތަސައްވުރުގެ ތެރެއިން ސިނަމާލެ ބްރިޖާއި ބުރިޖާއި ގުޅުފައިވާ "ހައިވޭ ނެޓްވޯކެއް" ގާއިމްކުރުމާއި މާލޭ ސިނާއީ ބިން ތަރައްގީކުރުމުގެ ތަސައްވުރުގެ ބައެކެވެ. 

އެމްޓީސީސީއިން ބޮޑުމަގު ނިންމާފައިވާ ހަގީގީ ތަސްވީރު

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި މަގު ފުޅާކުރުމުގެ މަސައްކަތް ފެށުނުއިރު އެމްޓީސީސީ ޓާމިނަލާއި ހަމައިގައި މަޑު ޖައްސާލީ ވަގުތީ ގޮތުންނެވެ. 

"އެ މަނިކުފާނުގެ ދެވަނަ ދައުރުގައި ދެން އޮތް މަރުހަލާއަކަށްވީ އެމްޓީސީސީން އެމްޕީއެލްއާ ހަމައަށް އުފުލިފައިވާ ފްލައިއޯވާއަކާ އެކު އެމަގު ތަރައްގީކޮށް، މާލޭގެ ރަސްމީ މަލަމަތި ތަފާތު ރީތިގޮތަކަށް ބަދަލުކޮށްލުމެވެ. ލަފާ ފުރާ މުދާއަރުވާ ބާލާ އުޅަދުތަކަށް ވަރަށް ބޮޑަށް ފަސޭހަކޮށްދީ، މަތިން އުފެލިފައިވާ ދެވަނަމަގަކާއެކު، ޓްރެފިކް ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަ ކުރުމެވެ،" މުސްތޮ ވިދާޅުވެފައިވެ އެވެ. 

މިއާއެކު އޭނާ ލިޔުއްވާފައިވެ އެވެ. "މި ސަރުކާރުން މިއުޅެނީ 500 ފޫޓުގައި ތާރުއެޅިގެން ޓިކްޓޮކް ކުޅޭށެވެ،" 

މުސްތޮ އާއްމު ކުރެއްވި ކަޅާއި ހުދުގެ ތަސްވީރު

މުސްތޮ ނެރުއްވި ކުލަނުވި ފޮޓޯގަނޑުން ފެންނަ ތަފާތަކީ މަގު ތަރައްގީ ކުރުމުގެ އިތުރުން ފްލައިއޯވާ ހައިވޭ ނެޓް ވޯކެއް ފެންނާން ހުރުމެވެ. އަދި މިހާރު ސައިކަލް ޕާކު ކުރަން ހިއްކިވަރުގެ ދެ ސަރަހައްދު ހިއްކާފައިވާތަންވެސް ފެނެ އެވެ. އަދި އެ ސަރަހައްދުގެ މީގެ އެއްބައި މާލެ ބޭރު ތޮށިން ބޭރަށް ނެރެފައިވެ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ބްރިޖުން ފެށިގެން ހެންވޭރު އެމްޓީސީސީ ޓާމިނަލް އާއި އިންޑަސްޓްރިއަލް ވިލެޖާހަމަ އަށް ތަރައްގީ ކުރި ނަމަވެސް މިހާރު ތަރައްގީކޮށް ހުޅުވިބައި ތަރައްގީ ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. މީގެ ބަދަލުގައި މި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ފިޔަވަހި ތަކަކަށް ބަހާލައިގެން ނޯތު ހާބަރުން ފެށިގެން އެމްޓީސީސީ ޓާމިނަލްއާ ހަމައަށް ތަރައްގީކޮށް ފޮޓޯގައި ހަގީގީ ކުލަ ޖައްސާފަ އެވެ. އަދި އެ ފަސޭހަ މިއަދު މާލެ އަށް އަރާފައިވާ މީހުންނަށް އ ދަނީ ލިބެމުންނެވެ.މަޝްރޫއުގެ ރިބަންފަށް ކެނޑުމާ ހަމައިން މިލްކުވެރިކަމާ ބެހޭ ގޮތުން އުފައްދާ ސުވާލުތައް ފެންނަން ފަށާފައި މިވަނީ ކުލަނުވި ފޮޓޯއަކާއި ކުލަވެ ހަގީގަަތަކަށް ވެގެން ދިޔަ މަޝްރޫއެެއްގެ ގޮތުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.