ހަނގުރާމަ ހޫނުވެ، ސައުދީ އިން ޔަމަނަށް ހަމަލާ ދީފި

ހޫތީންގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއްޔާއިން ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށާއި، މިއީ ހަމަލާއަކަށް ހަމަލާއެއް ދިނުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

ހޫތީން އުފާފާޅު ކުރަނީ : ސައޫދީއާ ދެމެދު ވަނީ މަސްރަހު އިތުރަށް ހޫނުވެފައި -- އޭޕީ

އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ ހަނގުރާމަ ހޫނުވެ ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައިވާ ހުދައިދާ ސިޓީއަށް ސައުދީ އަރަބިއްޔާ އިން ވައިގެ ހަމަލާތަކެއް ދީފި އެވެ. މިއީ އެމެރިކާއާއި އީރާނާ ދެމެދު ސަރަޙައްދީ ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ސައުދީ އާއި ހޫތީންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. 

އަލްޖަޒީރާ އިން ބުނި ގޮތުގައި ހޫތީންގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއްޔާއިން ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށާއި، މިއީ ހަމަލާއަކަށް ހަމަލާއެއް ދިނުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.

ހޫތީންނާ ގުޅުންހުރި އަލް-މަސީރާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މުވާސަލާތީ އިދާރާތަކަށާއި ކަމަރާން ޖަޒީރާއަށެވެ. މިހާތަނަށް ކަމަރާން ޖަޒީރާއިން އެއް އަންހެނަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.މީގެ އިތުރުން ހުދައިދާގެ ބަނދަރު ސަރަޙައްދުގައިވެސް ގޮވުންތަކެއް ގޮވިކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބަނދަރަށް ހަމަލާދިންކަން ދޮގުކޮށްފައެވެ. ހުދައިދާ ބަނދަރަކީ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުތުރު ޔަމަނަށް ބޭނުންވާ ވިޔަފާރި މުދަލާއި އިންސާނީ އެހީ އެތެރެކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ދޮރާއްޓެވެ.

ސައުދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ-ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، މަސްރަޙު ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ހޫތީން ކަމަށެވެ. އަދި ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ދެމުންގެންދާ ހަމަލާތަކަކީ "ފިނޑި އަދި ނުރައްކާތެރި" އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ހޫތީންގެ މި އަމަލުތައް ހުއްޓާނުލައިފިނަމަ، ފަސްޖެހުމެއްނެތި ރައްދު ދޭނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

މި ހަމަލާތައް ބަދަލުކުރެވެން ފަށާފައިމިވަނީ، ރަތް ކަނޑުން ދަތުރުކުރި ސައުދީގެ ތެޔޯ ޓޭންކަރުތަކަކަށް ހޫތީން ޑްރޯން އަދި މިސައިލް ހަމަލާދީ އެއް އުޅަނދަކަށް ގެއްލުންދީފައި ވަނިކޮށެވެ. ހޫތީން ބުނާގޮތުގައި މިއީ، އޭގެ ހަފްތާއެއް ކުރިން ސަންއާގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ސައުދީން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

މިކަންކަމުގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ޤާއިމުކުރެވިފައި އޮތް ނުރަސްމީ ސުލްޙަ ވަނީ ނިމުމަކަށް އައިސްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.