މި އަހަރުގެ ފުރަތަމަ ތިން މަހު ޑޮލަރުގެ އާމްދަނީ %22 އިތުރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރުން ޖުމްލަ 540.29 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް މިދިޔައަހަރުގެ ލިބިފައިވަނީ 441.85 މިލިއަން ޑޮލަރެވެ.

ގައުމީ އެއާލައިން ޗައިނާގައި : އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީ ޓޫރިޒަމް -- މޯލްޑިވިއަން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ކުރީ އަހަރަށްވުރެ %22 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރުން ޖުމްލަ 540.29 މިލިއަން އެމެރިކާ ޑޮލަރު (8.31 ބިލިއަން ދިވެހި ރުފިޔާ) ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވާ 441.85 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. 

ހިސާބުތައް ދައްކާ ގޮތުގައި މީރާ އަށް މި ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ 71.0 ޕަސެންޓް ހިއްސާކުރަނީ ޑޮލަރުން ލިބުނު އާމްދަނީ އެވެ.

ޑޮލަރު އާމްދަނީ އިތުރުވި ސަބަބުތައް

ޓީޖީއެސް.ޓީ - ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އަދަދު 11.6 އިންސައްތަ އިތުރުވުމާ ގުޅިގެން ޓީޖީއެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 20.9 ޕަސެންޓް އިތުރުވެފަ އެވެ. 
ގްރީން ޓެކްސް - ޓެކްސް ނެގޭ ބެޑްނައިޓްސްގެ އަދަދު 7.8 ޕަސެންޓް އިތުރުވުމާއެކު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 39.1 ޕަސެންޓް އިތުރުވެފައެވެ. 
ޑިޕާޗާ ޓެކްސް - ރާއްޖެއިން ފުރި މީހުންގެ އަދަދު 7.5 ޕަސެންޓ އިތުރުވުމާ ގުޅިގެން، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 12.08 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. 
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 12.66 މިލިއަން ޑޮލަރު އިތުރުވެފައެވެ.  

މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު 200.48 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ، މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު 59.3 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި  ފެބްރުއަރީ މަހު 134.45 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު 2.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މާރިޗު ވަނީ 205.18 މިލިއަން އެމެރިކާ ޑޮލަރު ލިބިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މާރިޗާ އަޅާބަލާއިރު 15.1 އިންސައްތައިގެ ކުރިއެރުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.