ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން ބާންވަން ހަމަޖެހިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. 2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26)ގެ އެކްސްލޫސިވް ބޭންކިންގ ޕާޓްނަރގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން ބާންވަން ހަމަޖެހިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހުއެވެ. 2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު ފަން ރަން އަދި 5 ކިލޯމީޓަރު ވީލްޗެއާ ރޭސްގެ އިތުރުން ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެ އެވެ.
ބީއެމްއެލް އިން ބުނީ މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިންގ ޓްރެކް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 އިން 13 އަށެވެ. އެމްއެޗްއެމް26 އަށް ރަޖިސްޓަރކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެއެވެ.