މެދުއިރުމަތި ހޫނު | 1.2 މިލިއަން ޓޫރިސްޓުން، އެކަމަކު % 4.6 ދަށް

ރާއްޖެ އަށް މިހާތަނަށް 1.2 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ރާއްޖެއަށް މިއަދު އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މެދުއިރުމަތީގެ ހާލަތު ހޫނުވެފައިވާއިރު މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 4.6 އިންސައްތަ ދަށަށް ގޮސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ރާއްޖެ އަށް މިހާތަނަށް 1.2 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ އިން ޖުލައި މަހުގެ ނިޔަލަށް 1،256،306 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،198،343 މީހުންނެވެ. މީގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް މީހުން އައިސްފައިވާ ނިސްބަތްވެސް ވަނީ 6،189 އިން 5،903 އަށް ދަށްވެފައެވެ.

މާރިޗު އަދި އޭޕްރީލްގައި ބޮޑު ވެއްޓުމެއް

މިއަހަރުގެ ފުރަތަމަ ދެމަހު ފަތުރުވެރިކަން ފެށިގެން އައީ ވަރަށް އުންމީދީ ގޮތަކަށެވެ. އެގޮތުން ޖަނަވަރީ މަހު %5.0 އަދި ފެބްރުއަރީ މަހު %17.7 ގެ ކުރިއެރުމެއް ހޯދި ނަމަވެސް، އޭގެ ފަހުން ވަނީ އެރައިވަލްސް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
މާރިޗު: 19.8% ދަށަށް
އޭޕްރީލް: 24.4% ދަށަށް

އޭގެ ފަހުން މެއި މަހު %1.7 ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން އަދި ޖުލައި މަހު އަނެއްކާވެސް ފަތުރުވެރިން އައި އަދަދު ވަނީ ދަށަށް ގޮސްފައެވެ. މި މުއްދަތުގައި ވައިގެ މަގުން އައި ޓޫރިސްޓުންގެ އަދަދު 1،173،128 އަށް ދަށްވި ނަމަވެސް، ކަނޑުމަގުން ނުވަތަ ކްރޫޒް ލައިނަރތަކުގައި ރާއްޖެއަށް އައިސްފައިވާ ފަސިންޖަރުންގެ އަދަދު ވަނީ %88 އިތުރުވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.