ކުރިން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދުމުން ގިނަ ބައެއްގެ ނުހުރުން ލިބިގެން ދިއުމާއެކު މިފަހަރު އިންދާފައިވަނީ ދިވެހި ރުކެވެ.

މާލޭގެ މޫނުމަތި ކަމަށްވާ ބޮޑުތަކުރުފާނު މަގު ނަސަންދުރަ ހޮޓަލުން ރައީސް އޮފީހާ ހަމައަށް ދިވެހި ރުއް އިންދައި ބޮޑު ބަދަލެއް ގެނެސްފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ ވަށައިގެންވާ ބޮޑު މަގު ތަރައްގީ ކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބާސެލާސް ނަސަންދުރަ ހޮޓަލުން ފެށިގެން އެއް ނަމްބަރު ފާލަމާ ހަމައަށްވާ ސަރަހައްދު ތަރައްގީކޮށް މިނިވަން ދުވަހު އާއްމުންނަށް ހުޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން މި ސަރަހައްދު ހުޅުވަންވާއިރަށް ވަނީ ދިވެހި ރުއް އިންދާފަ އެވެ. ކުރިން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއް އިންދުމުން ގިނަ ބައެއްގެ ނުހުރުން ލިބިގެން ދިއުމާއެކު މިފަހަރު އިންދާފައިވަނީ ދިވެހި ރުކެވެ. އަދި ހޭޅިފަށުގައި ޖަހާފައިވަނީ ވެސް ރާއްޖޭގެ ގިނަ ރަށްރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ގަސްތަކެވެ.
އެމްޓީސީއީން ވަނީ މިމަގު ހަތަރު ލޭނަށް ދުއްވޭ ގޮތަށް ހަދާފަ އެވެ. އަދި އެންމެ ބާރުބޮޑުވާ ބޭންކްތައް ކުރިމަތީގައި 500 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ހަދާފަ އެވެ.