ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާފައިވާ ރަށުމާކެޓަކީ ގިނަ ބަޔަކު ވިޔަފާރިކުރަންދާ ތަނެކެވެ.

ރަށު މާރުކޭޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ލުއިފަސޭހައަށްޓަކައި، އެޗްޑީސީން މާރުކޭޓު ތެރޭގައި ބެންޗުތަކެއް ބަހައްޓައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާފައިވާ ރަށުމާކެޓަކީ ގިނަ ބަޔަކު ވިޔަފާރިކުރަންދާ ތަނެކެވެ.
ހުޅުމާލެ ރަށު މާކެޓު ތަރައްގީކޮށްފައިވަނީ N1 އަދި N2 ޓާމިނަލް ބަސް ސްޓޭޝަން ކައިރިގަ އެވެ. މިގޮތުން ހަފްތާގެ ކޮންމެ ދުވަހަކުވެސް (ހުކުރު ދުވަސް ހިމެނޭހެން) ހެނދުނު 08:00 އިން ރޭގަނޑު 22:00 އަށް ހުޅުވާފައި ހުރެ އެވެ.
މިތަން ތަރައްގީކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މިތަނުގައި ރާއްޖޭގައި ހައްދާ މޭވާ އަދި ތަރުކާރީގެ އިތުރުން އިމްޕޯޓް ކުރާ ވެސް ހުރެ އެވެ.